ވައިކަރަދޫ

ހދ. އަތޮޅުގެ އުތުރުގައި އޮތް ވައިކަރަދޫ އަކީ ގުދުރަތީ ރީތިކަމާއި، މުރާލި ރައްޔިތުންތަކެއް ދިރިއުޅޭ، ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. މި ރަށަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ނަމޫނާ ދައްކަމުންދާ، އަމާން އަދި ހިތްހެޔޮ މުޖުތަމަޢެއް އޮތް ރަށެކެވެ.

ރަށުގެ ތަޢާރަފް

ހދ. ވައިކަރަދޫއަކީ ތިލަދުންމަތީ ދެކުނުބުރީގެ ދެކުނުބިތުގައި ހިމެނޭ، ގުދުރަތީ ރީތިކަމާއި އާސާރީ ގޮތުން މުއްސަނދި ރަށެކެވެ. ވައިކަރަދޫއަކީ ނިސްބަތުން ބޮޑު ބިމެއް އޮންނަ، ފަސްގަނޑު މުއްސަނދި އަދި ގަސްގަހާގެހި ގިނަ ފެހިކަން ގަދަ ރަށެކެވެ. ރަށުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 108.30 ހެކްޓަރު ހުރެއެވެ. ގާތްގަނޑަކަށް 1800 މީހުން ރަޖިސްޓަރީވެފައި ވިޔަސް ވައިކަރަދޫގައި ދިރިއުޅެނީ 600 ވަރަކަށް މީހުންނެވެ. ރަށުގައި ދިރިއުޅޭ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. ވައިކަރަދޫއަކީ ކާބަފައިޒަމާނުން ސުރެ ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ޚާއްޞަކޮށް ބޮޑު ތަދުގެ ދުވަސްވަރު އުތުރުގެ ގިނަ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވައިކަރަދޫގެ ރައްޔިތުން މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. ވައިކަރަދޫއަކީ އުތުރުގެ އަތޮޅުތަކުގެ ތާރީޚުގައި ވިޔަފާރިއާއި ދަތުރުފަތުރުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ދުވަސްވީ ރަށެކެވެ. ރަށުގައި ހުރި އާސާރީ ތަންތަނާއި، ދުވަސްވީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަންތަނެވެ.

ރައްޔިތުންނަށް އާމްދަނީ ލިބޭ ދާއިރާތައް

އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއް ރަށުން ފަހިވެފައި ނެތް ނަމަވެސް، ރަށުގެ ރައްޔިތުން ދަނީ ނުހަނު ބުރަ މަސައްކަތާއެކު ދިރިއުޅުމުގެ ކަންކަން ތަރުތީބުކޮށް، މުސްތަޤުބަލަށްޓަކައި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

7%8%11%14%23%27%
މަސްވެރިކަން3%
ރެމިޓެންސް3%
ކުދި އަދި މެދުފަންތީގެ ވިޔަފާރި4%
އަމިއްލަ ކުންފުނިތަކުގެ ވަޒީފާ7%
ކާބޯތަކެތި އުފެއްދުން8%
ޕެންޝަން11%
އެހެނިހެން14%
ދަނޑުވެރިކަން23%
ސަރުކާރުގެ ވަޒީފާ27%