އިދާރީ ހިންގުން

ކައުންސިލްތަކުން ނިންމާ ސިޔާސަތުތައް ތަންފީޒުކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަރުދަނާކަމާއެކު މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ރަށެއްގައި "ކައުންސިލްގެ އިދާރާ" (Secretariat) ވަނީ ގާއިމުކޮށްފައެވެ. މި އިދާރާއަކީ ކައުންސިލްގެ އެންމެހައި އިދާރީ އަދި އަމަލީ މަސައްކަތްތައް ވިލަރެސްކުރާ މައި މަރުކަޒެވެ.