ހުރިހާ މަޝްރޫޢު
މަޑުޖެހިފައި27 އެޕްރީލް 2025

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ފުޓްބޯޅަދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް

ސަރުކާރު ޕްރޮޖެކްޓްތައް

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، ހދ. ވައިކަރަދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމާއި، އެ ތަނުގެ ވަށާފާރު ރޭނުމުގެ އިތުރުން ފެންސް ޖެހުމުގެ މަސައްކަތްތައް ހިމެނޭހެން އެކުލަވާލާފައިވާ މަސައްކަތެކެވެ.

ޕްރޮގްރެސް5%

މަޝްރޫޢުގެ ތަފްޞީލު

  • މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް އިން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
    މަސައްކަތުގެ ތެރޭގައި ހިމެނެނީ ދަނޑުގައި ޓާރފް އެޅުމާއި، ވަށާފާރު ރޭނުމާއި އަދި ފެންސް ޖެހުމެވެ.

  • މި މަޝްރޫޢުގެ ޖުމްލަ އަގަކީ 6,070,837.79 ދިވެހި ރުފިޔާއެވެ.

  • މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 120 ދުވަހެވެ.

  • ކޮންޓްރެކްޓަރ މަސައްކަތް ކުރުމަށް ސައިޓް ހަވާލު ކުރެވިފައިވަނީ 27 އޭޕްރީލް 2025

ފޮޓޯ ގެލެރީ