ހުރިހާ ޚަބަރު

ދަނޑުވެރިންގެ އުފެއްދުންތައް ކުޅުދުއްފުއްޓަށް ގެންދިއުމަށް ވައިކަރަދޫ ކައުންސިލުން ޚާއްޞަ ފެރީއެއް ބާއްވަނީ

މޫސުން ގޯސްވުމުގެ ސަބަބުން އާންމު ފެރީތައް ކެންސަލްވެ، ދަނޑުވެރިންގެ އުފެއްދުންތައް ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރަށް ގެންދިއުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ކައުންސިލުން ޚާއްޞަ ފެރީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ކުޅުދުއްފުއްޓަށް ފޮނުވުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ މި ފެރީ 6 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ގައި ރަށު ބަނދަރުން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ފެރީން ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 7:15 ގެ ކުރިން ބަނދަރަށް ތަކެތި ނެރުއްވުމަށް ދަންނަވަމެވެ.

ފޮޓޯ ގެލެރީ