ހުރިހާ ޚަބަރު

މެޕް ޕްރޮޖެކްޓުގެ ފަރާތުން ވައިކަރަދޫގެ ދަނޑުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ފަންޑް ފޮ އަގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' (މެޕް) ގެ ދަށުން، މޫސުމީ ބަދަލުތަކަށް ދަނޑުވެރިން އަހުލުވެރިކުރުމަށް ޚާއްޞަ ސެޝަނެއް ހދ. ވައިކަރަދޫގައި ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ އެ ރަށު ސުލައިމާނިއްޔާ ހޯލުގައި ރޭގަނޑު 21:00 ގައެވެ. މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދަނޑުވެރިކަމަށް ކުރާ އަސަރުތަކާއި، އެކަންކަމަށް ހޭނުމަށް ދަނޑުވެރިން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ބައްދަލުވުމުގައި ވައިކަރަދޫގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ގިނަ އަދަދެއްގެ ދަނޑުވެރިން ބައިވެރިވެ، މުހިންމު މަޢުލޫމާތުތަކެއް ވަނީ ހޯދާފައެވެ.

ފޮޓޯ ގެލެރީ