
ކެފޭ ރެސްޓޯރެންޓްގެ ޚިދުމަތް ދިނުމަށް ވައިކަރަދޫން 2304 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދީފި
ހދ. ވައިކަރަދޫގައި ކެފޭ އަދި ރެސްޓޯރެންޓުގެ ޚިދުމަތް ދިނުމަށްޓަކައި 2304 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އެޓޮލޮން އާއެކު ވައިކަރަދޫ ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ވައިކަރަދޫގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ވެވުނު މުހިންމު އެއްބަސްވުމެކެވެ. މިވަގުތު އެ ރަށުގައި އެއްވެސް ކެފޭއެއް ޤާއިމުވެފައި ނެތުމުން، މި މަޝްރޫޢުގެ ސަބަބުން ވައިކަރަދޫގެ ގިނަ ރައްޔިތުންނަށާއި އެކި ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، މި މަޝްރޫޢު ފުރިހަމަވެ ޚިދުމަތް ދޭން ފެށުމުން ރަށުގެ ރައްޔިތުންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންވަރު ރަނގަޅު އަދި ފުރިހަމަ ކެފޭ ރެސްޓޯރެންޓް ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
