
ފެހިފިނި ވެއްޓެއް ޤާއިމުކުރުމަށް ރަށުގައި މީހުންދިރިއުޅޭ ގޭބިސީތަކަށް އޮނުގަސް ހަދިޔާކޮށްފި
ވައިކަރަދޫގެ ވެއްޓަކީ ފެހި ފިނި ވެއްޓަކަށް ހެދުމަށްޓަކައި ވައިކަރަދޫ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން ކުރިޔަށްގެންދާ އޮނު އިންދާ ހެއްދުމުގެ މަޝްރޫޢުގެ ދަށުން ކައުންސިލުގެ އެދުމުގެ މަތީން އެޓްމޮސްފިއަރ ފައުންޑޭޝަނުން ވައިކަރަދޫގެ މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް 2 އޮނުގަސް ހަދިޔާކޮށްފިއެވެ.
ވައިކަރަދޫގެ ގޭބިސީތަކަށް ބެހުމަށާއި ރަށުގެ އެކި ބިންތަކުގައި އިންދުމަށް އެ ފައުންޑޭޝަނުން ހަދިޔާކުރި އޮނުގަސްތައް ބޭނުންވާ ރައްޔިތުންނަށާއި ރަށުގެ ހުރިހާ މުއައްސަސާތަކަށްވެސް ވަނީ ޙަވާލުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް ދޫކުރެވިފައިވަނީ "ބަމްބޫސާ ބަލްކޫއާ" (Bambusa balcooa) ބާވަތުގެ 2 އޮނުގަސް އޮނުގަހެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުކުޑަކުރުމަށް އޮނު އިންދާ ހެއްދުމުގެ މަޝްރޫޢަކީ އެޓްމޮސްފިއަރ ފައުންޑޭޝަނުން 2023 ވަނަ އަހަރު ފަށައިގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 2023 ވަނަ އަހަރުު ވައިކަރަދޫ ބެމްބޫ ޕާކުގައި ވަނީ 17 ބާވަތަކުން 83 އޮނުގަސް އިންދާފައެވެ. މީގެ އިތުރުންވެސް ރަށުގެ އެކި ސަރަޙައްދުތަކުގައި 200 އަށް ވުރެ ގިނަ އޮނުގަސް އިންދިފައިވެއެވެ.
