ހުރިހާ ޚަބަރު

ވައިކަރަދޫގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ވައިކަރަދޫގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ޤަވާޢިދުތަކަށް ހޭލުންތެރިކުރުވައި، އެ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ތަރައްޤީކުރުމުގެ ގޮތުން ހިންގި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުގެ 23 އަދި 24 ވަނަ ދުވަހު، ދެ ދުވަހުގެ މުއްދަތަށް ހަތަރު ސެޝަނަކަށް ބަހާލައިގެންނެވެ.

މި ޕްރޮގްރާމުގައި ވައިކަރަދޫ ކައުންސިލް އިދާރާ، ހދ. އަތޮޅު މަދަރުސާ، އަދި ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން އަވަށްޓެރި ނޭކުރެންދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންވެސް މި ތަމްރީނުތަކުގައި ބައިވެރިވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބައި އަލިއަޅުވާލާފައިވަނީ ސިވިލް ސަރވިސްގެ އެކި ޤަވާޢިދުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށެވެ. މި ސެޝަން ކުރިއަށް ގެންދަވާފައިވަނީ އެޓަރނީ ނުޒުހަތު ވަޙީދާއެވެ.

ޕްރޮގްރާމުގެ ދެވަނަ ސެޝަން ޚާއްޞަކުރެވިފައިވަނީ ޕަރފޯމަންސް އެޕްރައިޒަލް ނުވަތަ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާ ބެހޭ މަޢުލޫމާތަށެވެ. މި ސެޝަން ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ލީޑް ސިވިލް ސަރވިސް ޓްރެއިނަރ އިބްރާހީމް ރަޝީދެވެ.

ފޮޓޯ ގެލެރީ