މަހޯލި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު އަދި މަޢުލޫމާތަށް އެދޭނެ ގޮތް ހިމެނިފައި އެވަނީއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުން

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތަށް އެދި ހުށަހަޅާނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުގެ މަތިން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ އެ ފޯމުގައި ހިމެނިފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް އެ އިދާރާއަކުން ތައްޔާރުކޮށްފައިވާ ފޯމަކުންނެވެ. 1. އެ ހުށަހެޅުމަކީ، މި ގަވާއިދުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކުރުން. 2. ހޯދާން އެދެނީ ކޮން މަޢުލޫމާތެއްކަން އެނގޭނޭ މިންވަރަށް އެ މަޢުލޫމާތުގެ ތަފުޞީލު، އެ ހުށަހެޅުމުގައި އޮޅުންފިލުވައިދީފައި އޮތުން. 3. މި ގަވާއިދުގެ ދަށުން ދޭންޖެހޭ ނުވަތަ ފޮނުވާންޖެހޭ އެކިއެކި ލިޔުންތައް ފޮނުވާނެ އެޑްރެހެއް ކަނޑައަޅައިފައި އޮތުން. 4. އެ އިދާރާއަކުން އެ މަޢުލޫމާތެއް ބަލާން ނުވަތަ ދޭން ކަނޑައަޅައިފައިވާ ފީއެއް އެ ހުށަހެޅުމާއެކު ދެއްކުން ނުވަތަ އެ ފީއަކަށް ދައުލަތުގެ އެ އިދާރާއަކުން އެދުމުން، އެ ފީއެއް ދައްކާން އެއްބަސްވާކަން ކަށަވަރުކޮށްދިނުން. 5. މަޢުލޫމާތު ހޯދާން އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރެއް އެނގެން އޮތުން.

ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ

އިންފޮމޭޝަން އޮފިސަރަކީ ޢާންމު ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބު ދާރީވުމަށް އެ އިދާރާއަކުން ކަނޑައަޅާފައި ހުންނަ ފަރާތެވެ.

  • އަޙުމަދު ޒާހިރު

    ސިނިއަރ ކައުންސިލް އޮފިސަރ

    ފޯން ނަންބަރ: 65202013

ކައުންސިލް އިދާރާގެ މުރާޖަޢާ ކޮމިޓީ

މުރާޖައާ ކޮމިޓީއަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢައްޔަން ކޮށްފައިވާ، އެ އިދާރާއެއްގެ ނުވަތަ އެ މުވައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ.

  • މުޙައްމަދު ރަބީޢު

    ކައުންސިލް އެގްޒެކެޓިވް

  • އަލި މުޙައްމަދު

    ދިރެކްޓަރ