ހުރިހާ އިވެންޓް
ކުރިއަށްހުރި

ކައުންސިލް ޤުރުޢާން މުބާރާތް 2026

3 ނޮވެންބަރު 2026 · 15:30

1. ތަޢާރަފު
މިއީ ކައުންސިލްގެ އިސްނެގުމުގެ މަތިން، ރަށުގެ ދަރިވަރުންނާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ރީތިކޮށް ޤުރުޢާން ކިޔަވަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި "ކައުންސިލް ޤުރުޢާން މުބާރާތް 2026" ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

2. މުބާރާތުގެ މަޤްޞަދުތައް

  • ކީރިތި ޤުރުޢާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުން.

  • ދަރިވަރުންނާއި ބޮޑެތި މީހުންގެ މެދުގައި ވާދަވެރި މާޙައުލެއްގައި ޤުރުޢާން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުން.

  • ރަށުގެ ފެންވަރުގައި ހުނަރުވެރި ޤާރީންތަކެއް އުފެއްދުން.

3. މުބާރާތުގެ ގޮފިތައް
މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ދެ ގޮފި ހިމެނޭ ގޮތަށެވެ. އެއީ:

  • ބަލައިގެން ކިޔެވުމުގެ ގޮފި

  • ނުބަލައި (ޙިފްޒު) ކިޔެވުމުގެ ގޮފި

4. މުބާރާތް ބެހިގެންވާ ބައިތައް

ހ. ސްކޫލް ކުދިންގެ ބައި (ކީސްޓޭޖްތަކަށް ބަހާލެވިފައި):

  • ކީސްޓޭޖް 1 (ގްރޭޑް 1، 2، 3)

  • ކީސްޓޭޖް 2 (ގްރޭޑް 4، 5، 6)

  • ކީސްޓޭޖް 3 (ގްރޭޑް 7، 8)

  • ކީސްޓޭޖް 4 (ގްރޭޑް 9، 10)

ށ. ބޮޑެތި މީހުންގެ ބައި:

  • 18 އަހަރާއި 50 އަހަރާ ދެމެދު.

  • ޚާއްޞަ ބައި: 50 އަހަރުން މަތީގެ ބޭފުޅުން (ދޮށީ އުމުރުގެ މީހުން).

5. ވަނަވަނަ ހޮވުން
މުބާރާތުގެ ނަތީޖާ ފާޅުކުރުމުގައި ތިރީގައިވާ އުޞޫލުން ވަނަތައް ހޮވޭނެއެވެ:

  • އުމުރުފުރާގެ ވަނަތައް: ކޮންމެ އުމުރުފުރައަކުން (ކީސްޓޭޖްތަކާއި ބޮޑެތި މީހުންގެ ބައިތަކުން) 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުން.

  • ގޮފިތަކުގެ ވަނަތައް: ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ، އަދި ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުން.

  • މުޅި މުބާރާތުގެ ވަނަތައް: ދެ ގޮފި އެއްކޮށްލައިގެން، މުޅި މުބާރާތުން އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތަރުތީބުން:

    • މުޅި މުބާރާތުން 1 ވަނަ

    • މުޅި މުބާރާތުން 2 ވަނަ

    • މުޅި މުބާރާތުން 3 ވަނަ