ހުރިހާ އިވެންޓް
ފާއިތުވި

ކުޑަކުދިންގެ ހަވީރު

10 މެއި 2026 · 11:30 — 10 މެއި 2026 · 13:00

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގައެވެ.

ކުޑަކުދިންގެ ދުވަހުގެ އުފަލުގައި، ހދ. ވައިކަރަދޫގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޑަ ކުދިން ހަވީރެބޭވުން

މި ހަވީރަކީ ރަށުގެ މުއައްސަސާތައް ގުޅިގެން ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަމަޖެހިފައިވާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތް ރޭވުމާއި އަދި ހިންގުމުގައި ބައިވެރިވެފައިވާ މުއައްސަސާތަކަކީ:

  1. ހދ. ވައިކަރަދޫ ކައުންސިލް އިދާރާ

  2. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީ

  3. ހދ. އަތޮޅު މަދަރުސާ

  4. ހދ. ވައިކަރަދޫ ސިއްޙީ މަރުކަޒު

  5. ހދ. ވައިކަރަދޫ ޕޮލީސް ސްޓޭޝަން

  6. ފެނަކަ ކޯޕަރޭޝަން، ވައިކަރަދޫ ބްރާންޗް

މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ގިނަ ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވަނީ ރޭވިފައި އެގޮތުން ތަފާތު ސްޓޯލްތަކާއި، ފޭސް ޕެއިންޓިންގ އަދި ކުދިން ގަޔާވާފަދަ ގިނަ ގޭމްތަކެއް ހިމެނެއެވެ. މި ހަރަކާތްތަކުގެ ސަބަބުން ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ވަނީ ވަރަށް އުފާވެރި ވަގުތުކޮޅެއް ލިބިގެން ގޮސްފައެވެ.

މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ ދުވަހުގެ އުފާވެރިކަން ހުރިހާ ކުދިންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއި، މުޖުތަމައުގެ މުއައްސަސާތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ.