އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން

1.ރަށުގެ ބިމާއިބެހޭ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 2.ރަށުން ދޫކޮށްފައިވާ ބިންބިމާއި، ގޯތިތަކާއި އަދި ރަށުގެ ޗާޓު ކުރަހައި ގެންނަންޖެހޭ ބަދަލުތައް ގެނައުން. 3.ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސްޑް ޕްލޭނާ ތަޢާރަޟް ނުވާނޭ ގޮތުގެމަތިން ރަށުން ބިމާއި، ގޯތި ދޫކުރުމާއި، ބިމާއި، ގޯއްޗާއި، ޢިމާރާތްތައް ރަޖިސްޓަރީ ކޮށްދިނުމާއި، ގޯތި ގޯތީގެ އިމާބެހޭގޮތުން އިދާރާއަށް ހުށަހެޅޭ މައްސަލަތައް ޙައްލުކޮށްދީ އެކަންކަމުގެ ރެކޯޑްތައް ބެލެހެއްޓުން. 4.ރަށުން ދޫކުރެވޭ ބިންބިމާއި، ގޯތި ގޯއްޗާއި، މަގުމަގާއި ގޯޅި ގޯޅީގައިހުންނަ ރުއްގަހުގެ ބަދަލުގެ އެންމެހައި ކަންކަން ކޮށް، އޭގެ ރެކޯޑް ބެލެހެއްޓުން. 5.އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނޭ ގޮތުގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލެވޭނޭ އިންތިޒާމް ހަމަޖެއްސުން. 6.ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ބަނދަރާއި ދަތުރުހިޔާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން. 7.ހެދިފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތީން ރަށުގެ ކަރަންޓާއި، ފެނާއި، ފާޚާނާ އާއި ނަރުދަމާ ނިޒާމް ފަދަ ޢާންމު ޚިދުމަތްތައް ދިނުމާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން 8.ޕެސްޓް ކޮންޓްރޯލްކުރުމާ ގުޅޭ މަސައްކަތްތައް 9.ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. 10.ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ރަށުތެރެ ޒީނަތްތެރިކޮށް ބެލެހެއްޓުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 11.ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރިކޯޑްތައް ބެލެހެއްޓުން. 12.ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުން. 13.ރަށު ކައުންސިލަށް ބޭނުންވާ ޕްރޮޖެކްޓުތައް ހެދުމަށް، ބޭނުންވާ އެންމެހާމަޢުލޫމާތުތައް އެއްކޮށް، ޕްރޮޖެކްޓުތައް ހަދައި ކައުންސިލަށް ހުށަހެޅުން. 14.ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓުތައް ބަލައި މޮނިޓަރކޮށް ގަވާއިދުން ހުށަހަޅަންޖެހޭ ތާރީޚުތަކަށް ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން. 15.ތަރައްޤީގެ ޕްރޮޖެކްޓްތަކާ ގުޅޭގޮތް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، އަންނަ ލިޔެކިޔުންތައްބަލާ ދިރާސާކޮށް ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކަށް ޖަވާބު ދާރީވުމާއި ފައިލުކޮށް ބެލެހެއްޓުން. 16. ތަރައްޤީގެ ޕްރޮޖެކްޓް ތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ކަރުދާސް ތައްޔާރުކޮށް މަޢުލޫމާތުދިނުން. 17.ކައުންސިލުން ކުރަމުންގެންދާ އިޤްތިޞާދީ ތަރައްޤީއާބެހޭ އެންމެހައި މަސައްކަތްތައް ކުރުން. 18.ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ބޭނުންކޮށްގެން، ކައުންސިލަށް އާމްދަނީ ލިބޭނޭ ގޮތަކަށް ރައްޔިތުންނަށް އެންމެ މަންފާ ހުންނަގޮތަށް ބޭނުންކުރުމަށް ކައުންސިލުން ނިންމާކަންކަން ހަމަޖެހިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހިންގައި ބަލަހައްޓަމުން ގެންދިއުން. 19. އިޤްތިޞާދީ މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވައިލާ ބެލެހެއްޓުން. 20.ރަށުގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ކުރުމާއި، މި ދެ ދާއިރާއަށްވެސް ގެންނަންޖެހޭ ކުރިއެރުން ރަށުލެވެލްގައި ގެނެވޭނެގޮތައް ހޯދައި، ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 21.ރަށުގެ ޢާއްމު ވިޔަފާރިތަކާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް ވިޔަފާރިތަކަށް ގެންނަންޖެހޭ ކުރިއެރުން ގެނެވޭނެގޮތަށް ވިޔަފާރީގެ ދާއިރާއިން ކައުންސިލުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 22.މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކާއި، ވިޔަފާރި ފިހާރަތަކާއި، ހޮޓާ، ކެފޭ ރެސްޓޯރަންޓްތަކަށް ހަދަންޖެހޭ އެންމެހައި ރަޖިސްޓަރީތަކާއި ލައިސަންސްތައް އަދި ހުއްދަތައް ހަދާ ދޫކުރުން. 23.އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އޮފީސްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ޞައްޙަ މަޢުލޫމާތާއެކު ތައްޔާރުކޮށް ފޮނުވުން. 24.ވަޒީފާގެ ބާޒާރަށް ނުކުންނަ ޢުމުރުފުރާގެ ކުދިންނަށް އަމާޒުވާ ފުރުޞަތުތަކަށް މަގުފަހިކޮށްދީ އެކަންކަން ހިންގައި ބެލެހެއްޓުން. 25.ކައުންސިލުން ކުރަމުންގެންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާބެހޭ ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް އެކުލަވައިލުން 26.ރަށުގައި ދެމުންގެދާ ޕްރީ ސްކޫލްގެ ޚިދުމަތްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުމާއި ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން. 27.ރަށުގެ ކުރިއެރުމަށް ހިންގަމުންގެންދާ ކްލަބް، ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި އެ ފަރާތްތައް މުޖުތަމަޢުގައި ބާރުވެރިކުރުވައި، ކްލަބް، ޖަމްޢިއްޔާތަކާ ބެހޭ އެންމެހައި ކަންކަން ކުރުން. 28.ރަށުގައި އާމްދަނީ ލިބޭ ގޮތަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންގެ ދަފްތަރު އެކުލަވާލާ ބެލެހެއްޓުން. 29.އޮޑިދޯނިފަހަރުތަކާއި، ފިހާރަތަކާއި، ހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ދަފްތަރު އެކަލަވާލާ ބެލެހެއްޓުން. 30.ކައުންސިލް އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓަށްލިބޭ ސިޓީ، މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ޔުނިޓާ ޙަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު އޯވަސީޒް ކުރައްވާ ކައުންސިލް މެމްބަރުގެ ލަފާގެމަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. 31.ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ފާރމަސީތަކާއި، ޢާންމުޞިއްޙަތާއި، އެކިއެކި ރޯގާތަކާ ގުޅޭ ކަންކަން ބެލެހެއްޓުން 32.ރަށުގެ ތާރީޚާއި ތަރިކައާއި ގުޅިގެން އިދާރާއިން ބަލަހައްޓަންޖެހޭ މަޢުލޫމާތުތަކުގެ ރެކޯޑް ބެލެހެއްޓުމާއި އެއާ ގުޅިގެން އެކި އެކި އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުން 33.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ ދަފްތަރު ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން 34.ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި، ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ލައިބްރަރީގައި ބެލެހެއްޓުމާއި، ޒަމާނީ އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމު ގާއިމުކުރުން