786890

mohamed.nuhaam@vaikaradhoo.gov.mv

ވައިކަރަދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ ނައިބް ރައީސް މުޙައްމަދު ޢާފިރުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

1. ޤާނޫނާއި ކައުންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކައުންސިލްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި ހިންގުން. 2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން. (ހ) ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން. (ށ) ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ. (ނ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. 3. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރުޛުނުވާ ގޮތުގެމަތިން، ރަށުން ބިންދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވައިދުތަކުގައި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުގައި ވާގޮތުގެ މަތިން ކަންކަން ރާވާހިންގުން 4. ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބެލެހެއްޓުމުގައި ޢިދާރާއަށް ބޭނުންވާނޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން 5. އާއްމު ފެންތާގީތަކާއި ގޭގޭގެ ފެންތާގީތަކުގެ ކަންތައްތައް ބެލެހެއްޓުން 6. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކަރަންޓާއި، ފެނާއި، ފާހާނާއާއި ނަރުދަމާގެ ނިޒާމުފަދަ ޢާއްމު ޚިދުމަތް ރަށުގައި ދެމުންދާގޮތް މޮނީޓަރކޮށް ބެލެހެއްޓުން 7. ރަށުގެ މަގުބައްތިތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން 8. ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން. 9. މަގުމަތީ މީހުން ހިނގާ އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާއްމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާމިންގަނޑުތަކާ އެއްގޮތަވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން 10. މަސްވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގުން 11. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން 12. ރަށުގެ ބަނދަރާއި ފާލަމާއި ފެރީ ޓާރމިނަލްގެ ކަންކަން ހިނގާނުހިނގާގޮތް ބެލުމާއި އަދި ފެރީގެ ދަތުރުތަކާއި ގުޅޭގޮތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން