
ހިޔާލު ހުށަހެޅުމަށް
ވައިކަރަދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ ރައީސް އިބްރާހީމް މުޙައްމަދުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް
ޤާނޫނާއި ކައުންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި ހިންގުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން.
(ހ) ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ކައުންސިލްގެ މަޤްޞަދާ އެއްގޮތަށް ކައުންސިލް ޙަރަކާތްތެރިކުރުވާ ހިންގުން.
(ނ) ކައުންސިލުން ނިންމާނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ޝާއިޢުކުރުމާއި ތަންފީޛުކުރުން.
(ރ) ކައުންސިލްގެ ރިޕޯޓްތައް ތައްޔާރުކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވާތޯ ބެލުން.
(ބ) ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ޅ) ކައުންސިލުން ނިންމާނިންމުންތަކާ އެއްގޮތަށް ކައުންސިލަށް ލިބޭފައިސާގެ އެންމެހައި ކަންތައްތައް ކައުންސިލްގެ އިދާރާއިން ހިންގާތޯ ބެލުން.
(ކ) ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ކައުންސިލްގެ ޚަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
(އ) އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
މެމްބަރުންގެ ދައުރާއި ޒިންމާ އަދާކުރައްވާތޯ މޮނިޓަރކުރުން
ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫންތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލްމެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާތިލް ކުރުމާއި، ރަޖިސްޓްރީ ހަދާއި ދިނުމާއި ބާތިލުކުރުމުގެ ކަންކަން ކުރުން
ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން
ރަށުގެ އިގްތިސާދީ ތަރައްޤީގެ ޕްލޭން އެކުލަވާލުން
އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލުމުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން
އަލަށް އުފަންވާކުދިންނާއި މަރުވާމީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން
ރަށުގައި ކުޅިވަރުގެ ރޫޙު ޢާލާކޮށް އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ކުޅިވަރު ހަރަކާތްތައް މޮނިޓަރކޮށް ވިލަރެސްކުރުމާއި ކުޅިވަރުކުޅޭ ބިންތަކާއި މަރުކަޒުތައް ބަލަހައްޓާ ތަރައްޤީކުރުން