786890

mohamed.nuhaam@vaikaradhoo.gov.mv

ވައިކަރަދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ އަންހެން މެމްބަރ ފާޠިމަތު ޝިޒުނާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

1. ޒުވާނުންގެ ހުސްވަގުތު ބޭނުންތެރިގޮތުގައި ހޭދަކުރުމަށާއި، ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވުމަށާއި، ޒުވާނުންގެ ހުންނަ ތަފާތު ހުނަރާއި ކުޅަދާނަކަން ދެއްކޭނެ ފުރުސަތުތަކާއި، ޒުވާނުންގެ ގާބިލުކަން ހާސިލްކުރަން ބޭނުންވާނެ ކަންތައްތައް ފަހިކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުން 2. ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުރި މަގުތައްބެލުމާއި ފަހި ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން 3. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން 4. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން 5. ރަށުގެ ތަޢުލީމީ ޙާލަތު ހުރިނެތްގޮތްބަލާ ތަޢުލީމުދޭ މުއައްސަސާތަކަށް ދިމާވާ ދަތިތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން 6. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތަވާގޮތުގެ މަތިން ޕްރީސުކޫލުގެ ތަޢުލީމު ރަށުގައި ކުރިއަރުވާ އެކަންބެލެހެއްޓުމާއި ދެވަނަ ފުރުސަތަކަށް ތަޢުލީމުގެ ކަންކަން ރާވާ ބެލެހެއްޓުން، އަދި މީގެ އިތުރުން ރަށު ސުކޫލުގެ ތަޢުލީމު ރަނގަޅުކުރުމަށް ސުކޫލާއި ގުޅިގެން ކުރަންޖެހޭ ކަންކަން ރާވާ ހިންގުން އަދި ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގުރާމްތައް ހިންގުން 7. ދިވެހިރާއްޖޭގެ ޤާނޫނައި އެއްގޮތްވާ ގޮތުގެ މަތިން ޢިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ގާއިމުކުރުމަށް މަސަތްކަތްކުރުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާއި ގުޅިގެން އަނިޔާލިބޭ ފަރާތް ތަކަށް ޚިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޙާއްސައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަމީހުން ބެލެހެއްޓޭނެ ނިޒާމެއް ރާވާ ހިންގުން