ޒިޔާރަތްދަށު މިސްކިތް ތަރާގަނޑާއި ގަބުރުސްތާނު

މިއީ މީގެ ގާތްގަނޑަކަށް 199 އަހަރު ކުރިން، ވައިކަރަދޫ ދެވަނަ ފަހަރަށް އާބާދުވުމުގެ ކުރީގައި ބޭނުންކުރަމުން އައި ގަދީމީ ގަބުރުސްތާނެކެވެ. މި ސަރަހައްދުގައި ކުރިން މިސްކިތެއް ހުރި ކަމުގެ ނިޝާންތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. މީގެ އިތުރުން، މި މިސްކިތާ މާ ދުރު ނޫން ހިސާބެއްގެ އަތިރިމަތީގައި ޒިޔާރަތެއް ވެސް ވެއެވެ. އާނުގަލާއި އުވަ ބޭނުންކޮށްގެން ބިނާކޮށްފައިވާ މި ޒިޔާރަތް މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި މި ސަރަހައްދާ ކައިރީގައި ފެންވަޅެއް ވެސް ފެންނަން އެބަހުއްޓެވެ.