ގުންބަރު ބޮޑުގާ

"ގުންބަރު ބޮޑުގައު" ގެ ނަމުން މަޝްހޫރުވެފައިވާ ބިނާއަކީ ވެސް ފާހަގަކޮށްލެވޭ އާސާރީ ތަރިކައެކެވެ. މިއީ ހިރިގަލުން ފަރުމާކޮށްފައިވާ މިންބަރެއް ކަމަށްވާއިރު، ތާރީޚީ ބައެއް މަޢުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ އިހުޒަމާނުގައި ޢީދު ނަމާދު ކުރުމަށް ބޭނުންކުރި ތަނެކެވެ. ގާތްގަނޑަކަށް 250 އަހަރަށްވުރެ ގިނަ ދުވަސްވީ މި ހިރިގަލުގެ މަސައްކަތުން، އެ ޒަމާނުގެ ކާބަފައިންގެ ފަންނުވެރިކަމާއި ކުޅަދާނަކަން ވަރަށް ފުރިހަމައަށް ހާމަވެއެވެ.