ބޮއިގަސް
ހދ.ވައިކަރަދޫގައި ހުރި ތާރީޚީ އަދި ގުދުރަތީ ތަރިކައެއް ކަމަށްވާ "ބޮއި ގަސް" އަކީ އެ ރަށުގެ ތާރީޚާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.މި ގަހުގެ ތާރީޚަށް ބަލާއިރު، މިއީ ގާތްގަނޑަކަށް 250 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ. މިއީ ރަށުގެ އެތައް ޖީލެއްގެ ހަނދާންތަކާ ގުޅިފައިވާ، ރަށުގެ ތާރީޚީ މުއްސަނދިކަން ދައްކުވައިދޭ ދިރިހުރި ނިޝާނެކެވެ.