ކައުންސިލް ޤުރުޢާން މުބާރާތް 2026
3 November 2026 · 15:30
1. ތަޢާރަފު
މިއީ ކައުންސިލްގެ އިސްނެގުމުގެ މަތިން، ރަށުގެ ދަރިވަރުންނާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ރީތިކޮށް ޤުރުޢާން ކިޔަވަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި "ކައުންސިލް ޤުރުޢާން މުބާރާތް 2026" ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
2. މުބާރާތުގެ މަޤްޞަދުތައް
ކީރިތި ޤުރުޢާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުން.
ދަރިވަރުންނާއި ބޮޑެތި މީހުންގެ މެދުގައި ވާދަވެރި މާޙައުލެއްގައި ޤުރުޢާން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުން.
ރަށުގެ ފެންވަރުގައި ހުނަރުވެރި ޤާރީންތަކެއް އުފެއްދުން.
3. މުބާރާތުގެ ގޮފިތައް
މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ދެ ގޮފި ހިމެނޭ ގޮތަށެވެ. އެއީ:
ބަލައިގެން ކިޔެވުމުގެ ގޮފި
ނުބަލައި (ޙިފްޒު) ކިޔެވުމުގެ ގޮފި
4. މުބާރާތް ބެހިގެންވާ ބައިތައް
ހ. ސްކޫލް ކުދިންގެ ބައި (ކީސްޓޭޖްތަކަށް ބަހާލެވިފައި):
ކީސްޓޭޖް 1 (ގްރޭޑް 1، 2، 3)
ކީސްޓޭޖް 2 (ގްރޭޑް 4، 5، 6)
ކީސްޓޭޖް 3 (ގްރޭޑް 7، 8)
ކީސްޓޭޖް 4 (ގްރޭޑް 9، 10)
ށ. ބޮޑެތި މީހުންގެ ބައި:
18 އަހަރާއި 50 އަހަރާ ދެމެދު.
ޚާއްޞަ ބައި: 50 އަހަރުން މަތީގެ ބޭފުޅުން (ދޮށީ އުމުރުގެ މީހުން).
5. ވަނަވަނަ ހޮވުން
މުބާރާތުގެ ނަތީޖާ ފާޅުކުރުމުގައި ތިރީގައިވާ އުޞޫލުން ވަނަތައް ހޮވޭނެއެވެ:
އުމުރުފުރާގެ ވަނަތައް: ކޮންމެ އުމުރުފުރައަކުން (ކީސްޓޭޖްތަކާއި ބޮޑެތި މީހުންގެ ބައިތަކުން) 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުން.
ގޮފިތަކުގެ ވަނަތައް: ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ، އަދި ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުން.
މުޅި މުބާރާތުގެ ވަނަތައް: ދެ ގޮފި އެއްކޮށްލައިގެން، މުޅި މުބާރާތުން އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތަރުތީބުން:
މުޅި މުބާރާތުން 1 ވަނަ
މުޅި މުބާރާތުން 2 ވަނަ
މުޅި މުބާރާތުން 3 ވަނަ