Downloads

All items

  • 16/2025

    ވައިކަރަދޫއަށް ލިބިފައިވާ 49 ޕެކެޓު ކަދުރު ރައްޔިތުންނަށް ބަހާނެގޮތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 15/2025

    ވައިކަރަދޫ މަގުތަކުގައި ޖަހާ 30 ދަނޑީގެ މަސައްކަތް ހަވާލުކުރި ފަރާތް އެ މަސައްކަތް ދޫކޮށްލާފައިވުމުން އަންނަ ރަމަޟާން މަހުގެ ކުރިން ރަށުތެރެ އަލިކުރުމަށް ހޮޅިދަނޑިތައް ޖެހުމަށްޓަކައި އެފަރާތުން ހުށަހަޅާފައިވާ އަގަށް ވައިކަރަދޫ ލޯކަލް އޮތޯރިޓީ ކޮންޕެނީއާއި ހަވާލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 14/2025

    ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ 438-WS/CIR/2023/49 )22 އޮގަސްޓު 2023( ސާރކިއުލަރ އާއި އެއްގޮތަށް ތިންވަނަ ފަރާތެއް މެދުވެރިކޮށް ހދ.ވައިކަރަދޫގައި ފެނާއި ނަރުދަމާ ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ހަދަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެކަން ހަވާލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 13/2025

    ވައިކަރަދޫ ޕްލޭ ސްކޫލް ހަދާ ގޯތީގައި ހުރި ދުވަސްވީ ހިތިގަހުގެ ސަބަބުން އިމާރާތްތަކަށް ގެއްލުންވާތީ ހިތި ގަހާއި މެދު އަމަލުކުރާނެ ގޮތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 12/2025

    ވައިކަރަދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ އެކި ޕްރޮގްރަމްތައް ހިންގުމަށާއި ޢާމްދަނީ ހޯދާނެ ކަންކަން ކުރުމަށް ޓަކައި ހދ. ވައިކަރަދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އަށް ކެޕިޓަލްގެ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާއަށް މުސާރަ އާއި ހިންގުމުގެ ޚަރަދުތަކަށް ދޫކުރަމުންދާ ފައިސާ އެއްފަހަރާ 4 މަހަށް ދޫކުރުމަށް 15 ޖެނުއަރީ 2025 ގައި ބޭއްވި 162 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން މުރާޖަޢާކުރުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 11/2025

    އިދާރާގައި ބޭނުންކުރަމުންދާ އެޗް އާރު ސޮފްޓްވެއަރގެ ޚިދްމަތް ދޭ ޓެރަބައިޓް ޕްރައިވެޓް ލިމިޓެޑާއި ވައިކަރަދޫ ކައުންސިލާ ދެމެދުވެފައިވާ ނަމްބަރ: (AGR)269/PRIV/2024/1 އެއްބަސްވުމުގެ މުއްދަތު 31 ޖަނަވަރީ 2025 ގައި ހަމަވާތީ 3 މަސްދުވަހުގެ މުއްދަތަށް ވަގުތީ އެއްބަސްވުމެއް އެކުލަވާލުމަށް އެ ކުންފުންޏަށް ހުށަހަޅައި އެއްބަސްވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް 22 ޖެނުއަރީ 2025 ގައި ބޭއްވި 163 ޖަލްސާގައި ނިންމާފައިވާ ނިންމުން މުރާޖާޢާކޮށް 1 ފެބުރުއަރީ 2025 ފެށިގެން 1 އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025WDC: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 10/2025

    2024 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން ރަށު ކައުންސިލްތަކުގެ ޢާމްދަނީ އިތުރުކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މި ކައުންސިލުން ހުށަހެޅި ހަރަހެރި ދަނޑުވެރިޔާ ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ މާލީ އެހީން މަސްމާރުކޭޓް ތިރީގައި ކުއްޔަދޭ ކޮޓަރި ހެދުމަށާއި އެ ޢިމާރާތުގެ މަސައްކަތް ފުރިހަމަ ކުރުމަށް އެ ފައިސާ ބޭނުން ކުރުމަށް 15 ޖެނުއަރީ 2025 ގައި ބޭއްވި 162 ވަނަ ޖަލްސާއިން ނިންމާފައިވާތީ އެމަސައްކަތް ކުރުމަށް 2025 ގައި ފާސްކުރި ބަޖެޓްގެ ހަރަކާތްތަކުގެ ލިސްޓަށް އިތުރުކޮށް ބަޖެޓަށް ބަދަލުގެނައުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 09/2025

    ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރޭގައި ރަޖިސްޓްރީނުކޮށް ހުރި ގޯތިތައް 3 މަސް ތެރޭ ރަޖިސްޓްރީ ކުރުމަށާއި މިހާތަނަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުފަޅިއާއި އެތެރެ ޢާންމު އުނދަގޫ ނުވާނެހެން ސާފުކޮށް ބަލަހައްޓަމުން ގެންދިއުމަށް އެފަރާތްތަކަށް އެންގުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 08/2025

    ލޭންޑް ޔޫސް ޕޭލޭނަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދުމަށް 12 ޑިސެންބަރ 2024 ގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުން ނިންމާފައިވާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުގެނައުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 07/2025

    ދިރާގު އެންޓަނާ ޖަހާފައިވާ 679 އަކަފޫޓްގެ ބިމުގެ މުއްދަތު 23 ފެބްރުވަރީ 2025 އަށް ހަމަވާތީ 23 ފެބްރުވަރީ 2025 އިން 28 ފެބްރުވަރީ 2035 ގެ ނިޔަލަށް (10 އަހަރާއި 5 ދުވަހުގެ މުއްދަތަށް) އެއްބަސްވުން އާ ކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 06/2025

    ޓެރަބައިޓް ޕްރައިވެޓް ލިމިޓެޑާއި ވައިކަރަދޫ ކައުންސިލާ ދެމެދުވެފައިވާ ނަމްބަރ: (AGR)269/PRIV/2024/1 އެއްބަސްވުން 31 ޖަނަވަރީ 2025 ގައި ހަމަވަތީ އެއެއްބަސްވުން އައު ކުރުމާއިމެދު މަސްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 05/2025

    ިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ މީހުންގެ ޢަދަދު، އެ ސަރަޙައްދަކުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރުވާނަމަ ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހެއް ނުވަތަ ބައެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން އެގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެކަންކަމަށް ރިޢާޔަތްކޮށް މިއަހަރު ގޯތި ޙަވާލުކުރާ ފަރާތްތަކަކީ އެންމެ ޙައްޤުވެރި ފަރާތްތައް ކަން ކަށަވަރުކުރުމަށްޓަކައި މަޝްވަރާކޮށް ކައުންސިލުން ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 04/2025

    ހަރަހެރި ދަނޑުވެރިޔާ ޕްރޮގްރާމް ހިންގުމަށް ހދ. އަތޮޅު ކައުންސިލުން ދީފައިވާ މާލީ އެހީގެ ފައިސާއިން މަސްމާރުކޭޓް ތިރީގައި ކުއްޔަދޭ ކޮޓަރި ހެދުމާ ބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 03/2025

    ކާށިން ނަފާ ހޯދުމާބެހޭ ގޮތުން ވައިކަރަދޫ ލޯކަލް އޮތޯރިޓީން ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނާމެދު މަޝްވަރާކޮށް ފާސްކުރުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް
  • 02/2025

    ހދ. ވައިކަރަދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް ކެޕިޓަލްގެ ގޮތުގައި ފައިސާ ދޫކުރާނެ ގޮތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

    2025ކައުންސިލް: ހަތަރުވަނަ ދައުރު
    ޑައުންލޯޑް