All projects
On hold

އައުޓްޑޯ ޖިމް

ސަރުކާރު ޕްރޮޖެކްޓްތައް

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކުރިއޭޝަންގެ ފަރާތުން ހދ. ވައިކަރަދޫގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތަކާއި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ އައުޓްޑޯރ ޖިމް ގާއިމުކުރުމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެވެ.https://vk.view.mv/projects/2

Progress0%

Project details

  • މަޝްރޫޢުގެ ނަން: އައުޓްޑޯރ ޖިމް ޕްރޮޖެކްޓް (ހދ. ވައިކަރަދޫ).

  • މަސައްކަތް ހަވާލުވެފައިވާ މައިގަނޑު ކުންފުނި: އެޗް.ޑީ.ސީ (HDC).

  • އަމަލީ މަސައްކަތް ކުރާ ސަބް-ކޮންޓްރެކްޓަރު: މޯލްޑިވްސް އެޝުއަރ ސަޕްލައި.

  • މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށްޓަކައި، ޖިމް އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ ބިމުގެ އިންވަކިކޮށް، ކަންމުޑި ޖެހުމަށްފަހު ސައިޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން، ކޮންޓްރެކްޓަރު ރަށަށް އައުމާއެކު، ކައުންސިލްގެ ފަރާތުން ބިމުގެ އިންވަކިކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، "ޝާސީ އިންވެސްޓްމަންޓް" ގެ އެހީތެރިކަމާއެކު އެ ސަރަޙައްދު އެއްކޮށް ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ކައުންސިލުން ނިންމާފައެވެ.