All news

ވެށި ގްރާންޓް އާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން

އޭޑީބީ (ADB) ބޭންކުގެ އެހީގައި މި މަހު ތެރޭގައި ހުޅުވާލުމަށް ހަމަޖެހިފައިވާ "ވެށި ގްރާންޓް" އާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

10 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 21:00 ގައި ސްލައިމާނިއްޔާ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމަކީ، މި ގްރާންޓަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިޔާލާ ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. 46 މީހުން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ މި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ވިލު ޖަމްޢިއްޔާ ގުޅިގެންނެވެ.

Gallery