All news

ކައުންސިލް އިދާރާގެ އައު އިމާރާތާއި މޫދަށް އެރޭ ސަރަޙައްދު ކަނޑައެޅުމަށް ރައްޔިތުންގެ ލަފާ ހޯދައިފި

ރަށުގެ ތަރައްޤީއާ ގުޅޭ ދެ މަޝްރޫޢެއްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުރާނެ ބިމަކާއި، ރައްޔިތުން މޫދަށް އެރޭނެ ޚާއްޞަ ތަނެއް ތަރައްޤީކުރުމަށްޓަކައި ސަރަޙައްދެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ބައްދަލުވުމުގެ ތަފްޞީލު

މި ބައްދަލުވުން ބާއްވާފައިވަނީ 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 9:00 ގައި ސުލައިމާނިއްޔާ ހޯލުގައެވެ. މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުންގެ ތެރެއިން ޖުމްލަ 90 މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 49 ފިރިހެނުންނާއި 41 އަންހެނުން ހިމެނެއެވެ.

ކައުންސިލް އިދާރާ އެޅުމަށް ހުށަހެޅުނު ބިންތައް

ކައުންސިލުން އިދާރާ ބިނާކުރުމަށްޓަކައި ފަސް ބިމެއް ރައްޔިތުންނަށް ހުށަހެޅިއެވެ:

  1. ކުރީގެ ބޮޑުމަދަރުސާ ހުރި ބިން

  2. ބެންބޫ ޕާރކާ ދިމާ ބަނދަރުމަތީ ހުސްބިން

  3. ވިނަރެސް ސެންޓަރު ހުރި ބިން

  4. ޕޮލިހަށް ދޫކޮށްފައިވާ ބިމުގެ ދެކުނުން އޮތް ބިން (ތިޔަރަމަގު)

  5. ފަންތި ގެއާ ދިމާލު ދެކުނު އަތިރިމަތި

ނިންމުންތައް

ރައްޔިތުންގެ ވޯޓުން ފާސްކުރެވުނު ނިންމުންތައް ތިރީގައި މިވަނީއެވެ:

  1. ކައުންސިލް އިދާރާ އަޅާ ބިމަކަށް - ޕޮލިހަށް ދޫކޮށްފައިވާ ބިމުގެ ދެކުނުން އޮތް ބިން ، ވޯޓުލާފައިވަނީ 75 މީހުން

  2. މޫދަށް އެރޭ ސަރަޙައްދު ހެދުމަށް - ސިއްޙީ މަރުކަޒާ ދިމާ ދެކުނު، އިރުމަތި އަދި ހިލާލީމަގާ ދިމާ ދެކުނުން ހުޅަނގު ކޮޅު، ވޯޓުލާފައި ވަނީ 85 މީޙުން

Gallery