Home

ވައިކަރަދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ ކައުންސިލްގެ މެމްބަރ އަލްފާޟިލާ ފާޠިމަތު ޝިޒްނާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

1. ދިވެހިރާއްޖޭގެ ޤާނޫނައި އެއްގޮތްވާ ގޮތުގެ މަތިން ޢިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ގާއިމުކުރުމަށް މަސަތްކަތްކުރުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާއި ގުޅިގެން އަނިޔާލިބޭ ފަރާތް ތަކަށް ޚިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޙާއްސައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަމީހުން ބެލެހެއްޓޭނެ ނިޒާމެއް ރާވާ ހިންގުން 2. ރަށުގެ އިންސާނީ ވަސީލަތްތައް ދެނެގަނެ ތަރައްޤީކުރުމަށް މަސައްކަތް ކުރުން 3. ރަށުގައި ހިންގާ ކެފޭ، ހޮޓާ، ބޭސްފިހާރަތަކާއި އަދި ފަރމަސޫޓިކަލް އެންމެހައި ކަންކަން ބަލާ މޮނިޓަރކުރުން 4. ޕެސްޓް ކޮންޓްރޯލްކުރުމަށް ކަމާބެހޭފަރާތްތަކާއި ގުޅިގެން ރާވާ ހިންގުން 5. އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން 6. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން 7. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކަރަންޓާއި، ފެނާއި، ފާހާނާއާއި ނަރުދަމާގެ ނިޒާމުފަދަ ޢާއްމު ޚިދުމަތް ރަށުގައި ދެމުންދާގޮތް މޮނީޓަރކޮށް ބެލެހެއްޓުން 8. ދަނޑުވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގުމާއި ދަނޑުވެރިކަމަށް ދޫކުރެވޭ ބިންބިމުގެ އެންމެހާ ކަންތައްތައް މޮނިޓަރކޮށް ވިލަރެސްކުރުން 9. މަސްވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގުން 10. ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުސީފްކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކުރުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާ ބެލެހެއްޓުން 11. އާއްމު ފެންތާގީތަކާއި ގޭގޭގެ ފެންތާގީތަކުގެ ކަންތައްތައް ބެލެހެއްޓުން 12. ތިމާވެއްޓާ ގުޅުންހުރި އެންމެހައި ކަންކަން ރާވާ މޮނިޓަރކޮށް ބެލެހެއްޓުން