Home

ވައިކަރަދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ ނައިބް ރައީސް އަލްފާޟިލް މުޙައްމަދު ޢާފިރުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް

1. ޤާނޫނާއި ކައުންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކައުންސިލްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި ހިންގުން. 2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން. (ހ) ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން. (ށ) ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ. (ނ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. 3. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލުމުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން 4. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން 5. މަގުމަތީ މީހުން ހިނގާ އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާއްމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާމިންގަނޑުތަކާ އެއްގޮތަވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން 6. ރަށުގެ މަގުބައްތިތައް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން 7. މިސްކިތްތައް ބެލެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާ ކުރުމާއި އެފަދަ ހަރަކާތްތައް ހިންގާ ވިލަރެސްކުރުން 8. ޤަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން 9. ރަށުގެ ބަނދަރާއި ފާލަމާއި ފެރީ ޓާރމިނަލްގެ ކަންކަން ހިނގާނުހިނގާގޮތް ބެލުމާއި އަދި ފެރީގެ ދަތުރުތަކާއި ގުޅޭގޮތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން 10. ރަށުގެ ރައްޔިތުންނަށް ދެމުންގެންދާ ފެރީގެ ޚިދުމަތްދޭ ފަރާތްތަކުން އެކަން ކުރަނީ ސަރުކާރުން ކަނޑައަޅުއްވާ ފައިވާ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށްތޯ ބަލާ މޮނިޓަރކޮށް އެފަރާތްތައް ޒިންމާދާރުކުރުވުން 11. ޒުވާނުންގެ ހުސްވަގުތު ބޭނުންތެރިގޮތުގައި ހޭދަކުރުމަށާއި، ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވުމަށާއި، ޒުވާނުންގެ ހުންނަ ތަފާތު ހުނަރާއި ކުޅަދާނަކަން ދެއްކޭނެ ފުރުސަތުތަކާއި، ޒުވާނުންގެ ގާބިލުކަން ހާސިލްކުރަން ބޭނުންވާނެ ކަންތައްތައް ފަހިކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުން 12. ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުރި މަގުތައްބެލުމާއި ފަހި ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން 13. ރަށުގައި ކުޅިވަރުގެ ރޫޙު ޢާލާކޮށް އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ކުޅިވަރު ހަރަކާތްތައް މޮނިޓަރކޮށް ވިލަރެސްކުރުމާއި ކުޅިވަރުކުޅޭ ބިންތަކާއި މަރުކަޒުތައް ބަލަހައްޓާ ތަރައްޤީކުރުން